ރާއްޖެސަރުކާރު

އިލްޔާސްއަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދިން މައްސަލަ މަޖިލީހަށް

16/08/2021

ޒައިން ރަޝީދު


ޝެއަރ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް, ޝައިޚް އިލްޔާސް ހުސެއިންއަށް އުސޫލާ ހިލާފަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީގުޅުން ތަކާއިބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކައުސެލަރ ޓު ދަ ހައި ކޮމިޝަނަރގެ މަޤާމު ދެއްވާފައިވާ ޝައިހް އިލްޔާސް ވިދާޅުވީ ސަރުކާރުން އޭނާއަށް އެމަގާމު ދިނީ ވިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ ހަމައެކަނި ލިޔުމުން ދީފައިވާ މަގާމެއް ކަމަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބުނު ގޮތް އޮޅުންފިލުވާ ދެމުން ވިދާޅުވީ, އެއީ މެލޭޝިޔާގައި އޭނާގެ ދަރިފުޅު ކިޔަވާތީ މެލޭޝިޔާގައި މަޑުކުރަން ވިސާ ނުލިބިގެން އެވާހަކަ ސަރުކާރަށް ދެންނެވުމުން ވިސާ ހޯދުމުގެ ބޭނުމުގައި ސާރުކާރުން ދެއްވި އެއްޗެއްކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ސަރުކާރުން އޭނާ އަށް ދެއްވި ޝަރަފެކެވެ. އަދި އޭނާ ވިދާޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓު އެގޮތަށް ބޭނުންކުރުމަކީ މަނާކަމެއް ކަމެއް ނޭގޭ ކަމަށެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީގުޅުން ތަކާއިބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. އުޝާމް ވިދާޅުވީ އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕާޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއްކަމަށެވެ.

"އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕާޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއްކަމަށެވެ. މިކަން ހިނގާފައިވާ ގޮތެއް ބެލުމަށް މިއަދުވާނީ މަޖިލީހުގެ ހާރިޖީގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައި." އުޝާމް ވިދާޅުވިއެވެ.

އެމްބަސީގެ ކައުސެލަރ ޓު ދަ ހައި ކޮމިޝަނަރގެ މަޤާމަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ ޑިޕްލޮމެޓިކް މަގާމެކެވެ. އެ މާގާމުގައި ތިއްބަވާ ޑިޕްލޮމޭޓުންނަށް އެމްބަސީ ހުންނަ ޤައުމުތަކުން ހާއްސަ އިނާޔަތްތަކާއި ހިދުމަތްތައް ލިބެއެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ދަތުރުކުރާ ޑިޕްލޮމޭޓުންނަށްވެސް ހާއްސަ އިނާޔަތްތަކާއި ހިދުމަތްތައް އެއާރޕޯޓުތަކުންނާއި އެއަރލައިންތަކުން ދެއެވެ.

ހިޔާލު


ގުޅުންހުރި