ރާއްޖެސަރުކާރު

ކޫއްޑޫ އެއަރޕޯޓް މެނޭޖަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި

17/08/2021

ޒައިން ރަޝީދު

ސަސްޕެންޑް ކުރި އައިލޭންޑް އޭވިއޭޝަންގެ ކޫއްޑޫ އެއަރޕޯޓު މެނޭޖަރު ޝުއައިބު ސިއްދީގު


ޝެއަރ

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިލޭންޑް އޭވިއޭޝަންގެ ކޫއްޑޫ އެއަރޕޯޓު މެނޭޖަރު ޝުއައިބު ސިއްދީގު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

ޝުއައިބު ހައްޔަރުކުރީ ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައެވެ. އޭނާ އާ އެއްކޮށް އެ މައްސަލައިގައި އިތުރު 3 މީހުން ހައްޔަރުކުރިއެވެ.

އިއްޔެ ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ.

ޝުއައިބު ހައްޔަރުކުރުމާ ގުޅިގެން އައިލޭންޑް އޭވިއޭޝަނުން ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

އައިލޭންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ތުހުމަތު ކުރެވޭ މުވައްޒަފު މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށާއި އިތުރު ފިޔަވަޅެއް އަޅަން އެނގޭނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

"އަޅުގަނޑުމެން އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންމިދަނީ. މި ވަގުތުވެސް ހިންގުން އެހެން މީހަކާ ހަވާލުކޮށްފަ އެހެރީ. މަސައްކަތުން އެކަހެރިކޮށްފަ އެހެރީ" މޫސަ ވިދާޅުވިއެވެ.

ޝުއައިބު ސިއްދީގު ހިމެނޭހެން ހައްޔަރުކުރި ތިން މީހުން ވަނީ ޝަރުތުތަކާއެކު މިއަދު ދޫކޮށްލާފައެވެ. ނަމަވެސް ހަތަރުވަނަ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

ހިޔާލު


ޖުން 20:06 2021/08/30

އެކަހެރިކޮށްފަ އަރެއްވަންދެން ބަހައްޓާ ހަމަ މުސާރަދީ.

ގުޅުންހުރި