ރާއްޖެސަރުކާރު

ހަރުކަށިވިސްނުމާ ދެކޮޅަށް ދަރިވަރުން ހޭލުންތެރިކުރަނީ

19/08/2021

ޒައިން ރަޝީދު

'ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް' ޕްރޮގްރާމްގައި ސޮއިކުރައްވަނީ


ޝެއަރ

ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

'ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް' ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާ އެވެ.

ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެއެވެ.

ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން ހިރާސް(ރިސްކް)ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓް އަށް އާލާތެއް ތައްޔާރުކުރުމާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުމާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުން ހިމެނެއެވެ. އަދި އިތުރުހަރަކާތްތައް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުން ވެސް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު


ގުޅުންހުރި