ރާއްޖެޖުޑީޝިއަރީ

ރައީސް ނަޝީދުއަށް އިންޒާރު ދިން ޔާފިޒު ޖަލަށްލާން ހުކުމްކޮށްފި

24/08/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދީގެން އިއްޔެ ހައްޔަރުކުރި އިސްމާޢީލް ޔާފިޒް ކޯޓުގެ ހުުުރުމަތް ކެނޑި މައްސަލައިގައި 15 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

އޭނާގެ މައްޗަށް ހުކުމް ކުރީ މުއްދަތު ޖަހަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކުރި އަމަލެއްގެ ސަބަބުންނެވެ. އެ ކޯޓުން ވަނީ އޭނާގެ ބަންދަށްވެސް އިތުރު 15 ދުވަސް ޖަހާފައެވެ.

ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލައިގައި އޭނާ ހައްޔަރުކުރީ އިއްޔެ ރ. މީދޫ އިންނެވެ. އޭނާ އަކީ މީދޫ މީހަކާ އިނދެގެން އެރަށުގައި އުޅޭ މާލޭ މީހެކެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ޕޯސްޓުކުރެއްވި އެއްޗެއް ޝެއަރ ކުރުމަށްފަހު ޔާފިޒު ބުނެފައިވަނީ ނަޝީދު އެނބުރި މާލެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާލާނެ ކަމަށެވެ.

ޔާފިޒު ދިން މި އިންޒާރާއެކު، ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ފުލުހަށް ހުށަހަޅާ، އިންޒާރު ދިން މައްސަލަ ތަހުގީގު ކުރުމަށް އެދިފައެވެ.

ޔާފިޒުގެ ފޭސްބުކް ޕްރޮފައިލްގައި މުޅިވެސް ހިއްސާކޮށްފައިވަނީ ހަރުކަށި ފިކުރުގެ ލިޔުންތަކާއި އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރުދޭ ލިޔުންތަކެެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަކީ މުރުތައްދުވެފައިވާ ކާފަރުން ކަމަށް ބުނެފައިވެއެވެ.

ހިޔާލު


ގުޅުންހުރި