ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

ރައީސް ނަޝީދުއަށް ހާއްސަ ކޮށްގެން ލަވައެއް ނެރެފި

24/08/2021

ޒައިން ރަޝީދު

ރައީސް ނަޝީދަށް ހާއްސަކޮށް ނެރުނު ލަވައިގެ މަންޒަރެއް -


ޝެއަރ

ރައީސް މުހައްމަދު ނަޝީދު އަވަހާރަށް ކޮށްލަންދިން ބޮމުގެ ހަމަލާގެ މަންޒަރުތައް ހިމަނައިގެން އެމަނިކުފާނަށް ހާއްސަ ލަވައެއް ނެރެފިއެވެ.

ލަވަ ކިޔުންތެރިޔާ ކަޔާނޯ ކިޔާފައިވާ މި ލަވަ މިރޭ ނެރެދެއްދީ ރައީސް ނަޝީދު އަަވަހާރަކޮށްލަން ބޮން ގޮއްވާލި ނީލޯފަރު ހިނގުމާއި މަޖިދީމަގު ގުޅޭ ކަންމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ އަހުމަދުއެވެ.

ލަވަ ނެރުމަށްފަހު ކަޔާނޯ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއުޒިކާއި އާޓް ނެތިކޮށްލުމަށް ބަޔަކު އުޅޭއުޅުމާ ދެކޮޅު ހަދާ, މިއުޒީޝަނުން ދިފާއުކޮށްދިނުމުގެ އުއްމީދަކީ އަންނި (ރައީސް ނަޝީދު) ކަމަށެވެ.

"މިޔުޒިކާ އާރޓް ނެތިކޮށްލުމަށް ބަޔަކު އުޅޭއުޅުމާ ދެކޮޅުހަދައި، މިޔުޒިޝަނުން ދިފާއުކޮށްދިނުމުގެ އުއްމީދަކީ އަންނި؛ އަންނި މަރާލުމަށް ބޮން ގޮއްވާލީމާ އަހަރަމެންގެ ވާޖިބެއްކަމަށް ދެކެން އަހަރަމެންގެ ފަންނުން ޓްރިބިޔޫޓެއް ކޮށްލުމަކީ." ކަޔާން ބުންޏެވެ.

ރައީސް ނަޝީދުއަށް ހާއްސަކޮށްގެން ނެރުނު ލަވަ ނަޝީދުގެ މަންމާފުޅު ނެރެދެއްވަނީ


"ބޮން" ގެ ނަމުން ނަންދީފައިވާ މި ލަވައިން ކިޔައިދެނީ ރައީސް ނަޝީދު އެނބުރި އަންނާނެ ވާހަކައެެވެ. ލަވައިގެ ވީޑިއޯގައި ބޮމުގެ ހަމަލާގެ ފުޓޭޖުތަކާއި މީގެ ކުރިން ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ބައެއް އިވެންޓުތަކުގެ ވީޑިއޯ ހިމަނާފައިވެއެވެ.

މިއީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު, އެ ހާދިސާއާ ގުޅުވައިގެން ލަވައެއް ނެރުނު ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި