ރާއްޖެސަރުކާރު

މިޔަރު އުރަހަތަކެއް އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގެންފި

26/08/2021

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއިން މިޔަރު އުރަހަތަކެއް އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ ފޮށިތަކެއްގައި ބަންދުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުމުގެ ތެރޭގައެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ މޯލްޑިވްސް ކަސްޓަމް ސަރވިސް ގުޅިގެން އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 243 ކިލޯ ހުރި ކަމަށާއި، އެތަކެތި ބޭރު ކުރަން އުޅެފައި ވަނީ ލޮނު މަހުގެ ނަމުގައި ކަމަށް ކަސްޓްމަސް ބުންޏެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިއީ، މިއަހަރު ތެރޭގައި މިގޮތަށް މިޔަރު އުރަހަ އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް ދެވަނަ ފަހަރެވެ. މިއަހަރު ކުރީކޮޅު ކަސްޓަމްސްއިން ވަނީ 429 ކިލޯގެ މިޔަރު އުރަހަ ހިފަހައްޓާފައެވެ.

1995 އިން ފެށިގެން ރާއްޖޭގައި މިޔަރު ހިފުން ވަނީ މަނާ ކޮށްފައެވެ. އަދި 2010 އިން ފެށިގެން މިޔަރުގެ ބާވަތްތައް ހިފުމާއި، އެއިން އުފައްދާ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ހިޔާލު


ގުޅުންހުރި