ރާއްޖެސަރުކާރު

ނަފުރަތު އުފައްދާ ލިޔުންތައް އިސްލާމް ފޮތުން އުނިކުރަނީ

29/08/2021

ޒައިން ރަޝީދު

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ - ފޮޓޯ: މަޖިލިސް


ޝެއަރ

މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުންދާ އިސްލާމް ފޮތުގައި ހުރި ނަފުރަތު އުފައްދާ ލިޔުންތައް އުނިކުރުމަށް ކަރިކިއުލަމް މުރާޖާކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ އެމްޑީޕީގެ 6 މޭ ކޮމިޓީން ބުނެފިއެވެ.

އެ ކޮމިޓީގެ މެންބަރު ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ 6 މޭ ގެ ކޮމިޓީން އެޑިއުކޭޝަން މިނިސްޓަރ ހިމެނޭ ގޮތަށް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ސްކޫލް ދަރިވަރުން ހަރުކަށިފިކުރުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފުސީލު މިނިސްޓްރީން ދެއްވި ކަަމަށެވެ. އޭގެ ތެރޭގައި އިސްލާމް ފޮތުގައި ނަފުރަތު އުފެއްދުމަށް މަގިފަހިވާ ގޮތަށް ހުރި ލިޔުންތައް އުނި ކުރުމަށް ކަރިކިއުލަމް ރިވިއުކުރަމުންދާ ކަމަށް މިނިސްޓްރީ މައުލޫމާތު ދިން ކަމަށެވެ.

"އެގޮތުން އިސްލާމް ފޮތް ތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔެ ކިޔުންތައް ދަނީ ބަދަލުކުރައްވަމުން. އަދި ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ކަންކަން ހުއްޓުވުމަށް ޕްރިވެންޝަން ޕްރޮގްރާމެއްވެސް މިހާރު ދަނީ ހިންގަމުން" އަފީފު ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންނަށް ކްރިޓިކަލް ތިންކިންއާއި ޓޮލަރެންސާއި އިހުތިރާމް ކުރުމަށް ދަސްކޮށް ދެމުންދާ ކަމަށް އަފީފު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ އިސްލާމް މުދައްރިސުން ބޭރުން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ކޮމިޓީން މިހެން ބުނި ނަމަވެސް ސްކޫލް ކަރިކިއުލަމް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމެއް އެޑިއުކޭޝަނުން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

ހިޔާލު


ގުޅުންހުރި