ރާއްޖެސަރުކާރު

ބޯޓު ހައިޖެކް ކުރާނެކަމުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

31/08/2021

ޒައިން ރަޝީދު

މޯލްޑިވިއަންގެ ބޯޓެއް - ފޮޓޯ: މޯލްޑިވިއަން


ޝެއަރ

ރޭ ފުވައްމުލަކުން މާލެއަށް ދަތުރުކުރުމަށް ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓު ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިން މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބޯޓު ހައިޖެކުރާނެ ކަމުގެ އިންޒާރު ދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަަރުކޮށްފައިވަނީ ފުވައްމުލަކު މީހެކެވެ.

ބޯޓު ހަޖެކްކުރާނެ ކަމަށް ބުނެ އޭނާ އިންޒާރުދިނީ މާލެ ފޮނުވަން އޭނާ ގެންދިޔަ މުދާ އަރުވާނެ ޖާގައެއް ނެތް ކަމަށް ބުނުމުންނެވެ.

"ވީ ގޮތަކީ އޭނަ ބުނަން ނުޖެހޭ އެއްޗެއް ބުނީ. އޭނަ ބުނީ ބޯޓު ހައިޖެކް ކޮށްގެންވެސް އޭނަގެ ކާގޯ މާލެ ގެންދާނެ ކަމަށް" އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ އެހެން ބުނުމާއެކު މޯލްޑިވިއަން އިން ވަނީ އެކަން އެމްއެންޑީއެފަށް އަންގާފައެވެ. އަދި އެމްއެންޑީއެފުން ވަނީ އެއަރޕޯޓް ކުއްލި ހާލަތަކަށް ގެނެސް ފުރަން ތައްޔާރުވެފައިއޮތް ބޯޓުން މީހުން ބާލާ ބޯޓު ޗެކްކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި