ރާއްޖެސަރުކާރު

ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފަށައިފި

31/08/2021

ޒައިން ރަޝީދު


ޝެއަރ

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރީން ކާޑު ދޫކުރަން ފެށީ މިއަދުކަމަށާއި އަންނަ ހަފުތާގެ ނިޔަލަށް ކާޑުތައް ދޫކޮށް ނިމޭނެކަމަށެވެ. ސްކޫލްތަކުން ގްރީން ކާޑު ދޫކުރަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ވެކްސިން ކާޑު ސްކޫލަށް ހުށަހެޅުމުންނެވެ.

ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރަން ފެށިއިރު މާދަމާ އިން ފެށިގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ އެއްވެސް މީހަކަށް ސްކޫލުތަކަކަށް ނުވަދެވޭނެއެވެ. އެޑިއުކޭޝަނުން ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެކްސިން ޖެހޭ އުމުުރުގެ ހުރިހާ އެންމެން ވެކްސިން ޖެހުން މުހިއްމުކަމަށެވެ.

ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަނުން އަންގާ، ވެކްސިން ނުޖަހާ ބައެއް މުވައްޒަފުންނާއި މުދައްރިސުން ވަނީ އެކަހެރިކޮށްފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށްވެސް މިހާރު ވަނީ ވެކްސިން ދީފައެވެ.

ހިޔާލު


ގުޅުންހުރި