ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

04/09/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

މިއީ ރައީސް ނަޝީދު އަވަހާރަކޮށްލަން 6 މޭ ގައި ދިން ޓެރަރިސްޓު ހަމަލާގެ ފަހުން އެމަނިކުފާނު ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު 12:30 ގައެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމް ކުރަނީ ކުރީގެ ރައީސްގެ އޮފީހުންނެވެ. އަދި ނޫސްވެރިންނަށް ދައުވަތު ފޮނުވާފައިވަނީވެސް އެ އޮފީހުންނެވެ.

6 ގެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފޯރުވާ ހޯއްދެއްވުމަށް މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ, ދެ ބޭފުޅުންވެސް ގެންދަވަނީ އެމްޑީޕީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ޕާޓީގައި ދެ ފެކްޝަނެއް އުފެދި ރައްޔިތުންގެ މަޖިލީހާއި ޕާޓީގެ ގައުމީ މަޖިލީހުގައިވެސް ކަންކަން ނިންމުމުގައި ދެ ބޭފުޅުންގެ ވާދަވެރިކަން ދަނީ ފެންނަމުންނެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ސިއްހީ ފަރުވާގެ ޗުއްޓީއެއްގައެވެ. ޗުއްޓީ އިތުރުކޮށް ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގަައި ވިދާޅުވީ, ހަމަލާ ދިންމީހުން ހައްޔަރުކޮށް އެމީހުން ބަންދުނުކުރެވެނީސް މާލެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާކަމަށާއި އެހެން ކަމުން ރާއްޖެއިން ބޭރުގައި ހުރެވޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި