ރާއްޖެރައްޔިތުންގެ މަޖިލިސް

އަލިފުށީ އެއަރޕޯޓާ ގުޅިގެން މީކާއީލްގެ ނުރުހުން ސަރުކާރަށް

08/09/2021

ޒައިން ރަޝީދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް


ޝެއަރ

ރ. އަލިފުށީގައި އެއަރޕޯޓެއް އަޅަން ސަރުކާރުން ނިންމުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެވެ.

މީކާއީލް ވިދާޅުވީ ވަކި މީހަކު ރުއްސަން ނުވަތަ ވަކި ބަޔަކު ރުއްސަން ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. ބަޖެޓުގައި ނުހިމަނާ ކުއްލި ގޮތަކަށް 451 މިލިއަން ރުފިޔާގެ އެއަރޕޯޓެއް އަލިފުށީ ދައިރާގެ އަޅަން ސަރުކާރުން ނިންމާ އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުމާ ގުޅިގެން އެމްޑީޕީއާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އަލިފުށީގައި އެއަޕޯޓް އަޅަން ނިންމެވީ އަލިފުށީ ދައިރާގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނު މުހައްމަދު ރަޝީދުގެ ނުފޫޒުންނެވެ. އަދި މުހައްމަދު ރަޝީދު ދަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ކެމްޕެއިން ކުރައްވަމުންނެވެ.

އަލިފުށީ އެއަރޕޯޓާ ގުޅިގެން މީކާއީލް ވިދާޅުވީ ރ. އަތޮޅުގައި 15 މިނެޓުން ދެވޭ އެއަރޕޯޓެއް އޮތްވާ 451 މިލިއަންގެ ޕްރޮޖެޓެއް ހެޑްލައިނެއް އެރީމާ ރައްޔިތުންނަށް ޖަވާބު ދާރީވާންޖެހޭ ކަމަށެވެ. އަދި މާލޭގެ ގިނަ ރައްޔިތުން ބޯހިޔާވަހިކަންނެތި ކުޑަކުޑަ ގޮޅިއެއްގައި ދިރިއުޅެމުންދާއިރު ގައުމީ ފެންވަރުގައި ޕްރޮޖެކްތަކަށް އިސްކަންދޭ ތަރުތީބެއް އޮންނަންޖެހޭ ކަމަށެވެ.

އަލިފުށީގައި އެއަރޕޯޓެއް އެޅުމުގެ އިތުރުން އެރަށު ފަޅުން 15 ހެކްޓަރުގެ ބިން ހިއްކާ، އެރަށާއި އެއްފަޅެއްގައި އޮންނަ އެއްތިގިލީގައި ރިސޯޓެއް ތަރައްގީ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތް އަންނަ މަހު ބީލަމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ބުނެއެވެ.

ހިޔާލު


ގުޅުންހުރި