ރާއްޖެސަރުކާރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

08/09/2021

ޒައިން ރަޝީދު


ޝެއަރ

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބައްވާ އިންތިހާބުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕިއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީއެވެ. އަދި މިހާރުވެސް އޭނާ ހުންނެވީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.

މަހްލޫފް ގެ ފަރާތުން އެ މައްސަލަ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ އޭނާ އަށް ވާދަ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ދާދިފަހުން އިންތިހާބުކުރި އެމްޑީޕީގެ އިސްތިއުނާފް މަޖިލިސް އަލުހުން މައްސަލަ ވެއްދުމުން އެ ކޮމިޓީން މިރޭ ނިންމާފައިވަނީ މަހުލޫފަށް ވާދަކުރެވޭނެ ކަމަށެވެ.

އިސްތިއުނާފް މަޖިލީހުން މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމާފައިވާއިރު, އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ވެސް ވަނީ އޭނާ އަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީއަށް މީގެ ކުރިން އަންގާފައެވެ. އޭނާ އެ މައްސަލަ އިލެކްޝަނަށް ހުށަހެޅީ މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްވީއިރުވެސް ޕާޓީން އެކަމުގައި ޖަވާބެއް ނުލިބިގެންނެވެ.

ހިޔާލު


ގުޅުންހުރި