ރާއްޖެސަރުކާރު

ޓިކްޓޮކުގައި އަމިއްލައަށް ބަރަހަނާވި މީހާ ހައްޔަރުކޮށްފި

12/09/2021

ޒައިން ރަޝީދު


ޝެއަރ

ޓިކްޓޮކުގައި އަމިއްލައަށް ބަރަހަނާވި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ބަރަހަނާވި 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޓިކްޓޮކުގައި ބަރަހަނާ ވީޑިއޯ އާންމުކުރީ މީގެ ކުރިންވެސް އިޖުތިމާއީ މިންގަނޑާ ހިލާފު ވީޑިއޯތައް ޓިކްޓޮކުގައި އާންމުކުރަމުންދިޔަ މީހެކެވެ. މިދިޔަ ބުދަ ދުވަހު އޭނާ ވަނީ އަމިއްލައަށް ބަރަހަނާވެ ވީޑިއޯއެއް އާންމުކޮށްފައެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު، އޭނާގެ އެކައުންޓު ޓިކްޓޮކުންވަނީ ބްލޮކް ކޮށްފައެވެ.

ޓޮކިޓޮކުގައި ބަރަހަނާ މަންޒަރާއި އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް މިފަދަ ގިނަ ވީޑިއޯތައް އާންމު ކުރަމުންދާތީ، ގިނަ އެކައުންޓުތަކެއް ޓިކްޓޮކުން ދަނީ ބްލޮކުކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި