ރާއްޖެޖުޑީޝިއަރީ

ކުށެއްގެ ތުހުމަތުވާ ފައިސާކަން ނޭގޭކަން ސާބިތު ކޮށްދޭން މަސައްކަތްކުރިން: ރައީސް ޔާމީން

12/09/2021

ޒައިން ރަޝީދު


ޝެއަރ

ރައީސް ޔާމީންގެ އެކަައުންޓުގައި ހުރި ފައިސާއަކީ ކުށުއްގެ ތުހުމަތުވާ ފައިސާކަން ނޭގޭކަން ސާބިތު ކޮށްދޭން މަސައްކަތް ކުރެއްވި ކަމަށް އެމަކިނުފާނު ވިދާޅުވެއްޖެެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބިނާވެފައިވަނީ އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އެމަނިކުފާނާ ބައްދަލުކޮށް އެ ފައިސާއަކީ ކުށެއްގެ ތުހުމަތުވާ ފައިސާކަން އަންގާފައިވާ ކަމަށް ބުނެ ދީފައިވާ ހެކިބަހުގެ މައްޗަށް ކަމަށެވެ. އަދި އެ ހެކިބަހުގައި މުއައްވިޒު އެމަނިކުފާނާ ބައްދަލުކުރީ އޭރުގެ އޭސީސީގެ ރައީސް ލުތުފީއާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް، މުއައްވިޒުއާއި ލުތުފީ ފުލުހުންނަށް ދިން ބަޔާނުގައި އެ ދެ ބޭފުޅުން އުޅެއުޅެ ރައީސް ޔާމީންނާ ބައްދަލުނުކުރެވުނުކަމަށް ބުނެފައިވާކަމަށެވެ. އަދި އެމަނިކުފާނު މުއައްވިޒުއާ ބައްދަލުނުކުރައްވާކަން ސާބިތުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އެޕޮއިންޓްމަންޓް ލޮގް ހޯދުމަށް ރައީސް އޮފީހުގައި އެދުނު ނަމަވެސް ރައީސް އޮފިހުން އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވިކަމަށް ވިދާޅުވިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން، އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު އަޑުއެހުމުގެ ފުރަތަމަ އަޑުއެހުމެވެ.

މިއަދު އަޑުއެހުމުގެ ކުރިން، ރައީސް ޔާމީންގެ ފަރާތުން، މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުުމުގެ އަމުރަކަށް އެދުނެވެ. ނަމަވެސް ރައީސް ޔާމީންގެ ޓީމަށް އަކަމުގައި ދައުލަތުން ޖަވާބު ދެއްވީ ރޭގެ ވަގުތެއްގައި ކަމަށްވުމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން 2 ދުވަސް ވަނީ ދީފައެވެ.

ސްޕްރީމް ކޯޓުގެ ޝަރީއަތުގެ އަޑު އެހުމެއް ދެން އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.

ހިޔާލު


ގުޅުންހުރި