ރާއްޖެސަރުކާރު

އަބްދުالله ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފި

14/09/2021

ޒައިން ރަޝީދު


ޝެއަރ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފިއެވެ.

މިރޭ އދގެ އާންމު މަޖިލީހުގައި ބޭއްވި ރަސްމިޔާތެއްގައި ޢަބްދުالله ޝާހިދު ވަނީ 76 ވަނަ ބައްދަލުވުމުގެ ރައީސް ކަމުގެ ހުވާކުރައްވާފައެވެ. އަދި 76 ވަނަ ބައްދަލުވުން ރަސްމީކޮށް ފައްޓަވާދެއްވާ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކުރެއްވި ތަޤުރީރުގައި ޝާހިދު ވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށް, އެމަނިކުފާނުގެ ރިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑްގެ ވަބާއިން ރައްކާތެރިވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަން ދެއްވާނެ ދާއިރާތައް ތަކުރާރުކުރައްވާ, އެކަންކަން ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ ރާއްޖޭއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި މި ކާމިޔާބީން ދޭހަވަނީ ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާ މިންވަރު ކަމަށެވެ. އަދި ދުނިޔެއިން އޭނާ އަށާއި ރާއްޖެއަށް ކުރި އިތުބާރަށް ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި