ރާއްޖެސަރުކާރު

މުޒާހަރާ ކުރުމުން ރޭޕްގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

16/09/2021

ޒައިން ރަޝީދު


ޝެއަރ

ސާދަ އަހަރުން ފެށިގެން ކުޑަ އަންހެން ކުއްޖަކު ރޭޕްކުރަމުންދިޔަ ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުނުކޮށްގެން, އައްޑޫ ސިޓީގެ ހިތަދޫގައި ރައްޔިތުން ނިކުމު މުޒާހަރާ ކުރަމުންދަނިކޮށް މިރޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.

އައްޑޫ ޕޮލިސް ސްޓޭޝަންގެ ފޮރެންސިކް ޑީޕާޓްމަންޓުގައި މަސައްކަތް ކުރާ އެ ފުލުސް މީހާ 14 އަހަރުން ފެށިގެން އަންހެން ކުއްޖާ ރޭޕްކޮށް, އެކުއްޖާގެ ބަރަހަނާ މަންޒަރު ރެކޯޑުކޮށް ބްލެކްމެއިލް ކުރަމުންދިޔަކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެކަން ފަޅާއެރީ ފުލުސް މީހާގެ އަންހެނުންނަށް އެމަންޒަރު ފެނިގެންކަމަށް ހިތަދޫ އިން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ފުލުސް މީހާ އެކުއްޖާ ރޭޕްކުރާ ކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ފުލުހަށް ހުށަހެޅުމުންވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އެކަމާ ރުޅި ގަދަވެގެން ރައްޔިތުން ވަނީ މިއަދު ހަވީރުން ފެށިގެން ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ފުލުސް މީހާ ހައްޔަރުކުރުމަށް ގޮވާލާ އަޑުއުފުލާފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ރައްޔިތުން މުޒާހަރާ ކުރާތާ އެތައް ގަޑިއިރުފަހުން މިރޭގެ ވަގުތެއްގައެވެ.

ފުލުސް މީހާ ހައްޔަރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައިތިބި އާންމުގެ މޫނަށް ފުުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ބައެއް މީހުންނަށް ފުލުހުން އަނިޔާކޮށް އަޅޭއްލަވާ ފައިވެއެވެ. މުޒާހަރާގައި އަނިޔާވި ބައެއް މީހުންނަށް އޭއީ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

ހިޔާލު


ގުޅުންހުރި