ރާއްޖެސަރުކާރު

ރޭޕްގެ ތުހުމަތުކުރެވޭ ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

17/09/2021

ޒައިން ރަޝީދު


ޝެއަރ

ސާދަ އަހަރުން ފެށިގެން ކުޑަ އަންހެން ކުއްޖަކު ރޭޕްކުރަމުންދިޔަ ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމައިފިއެވެ.

އައްޑޫ ޕޮލިސް ސްޓޭޝަންގެ ފޮރެންސިކް ޑީޕާޓްމަންޓުގައި މަސައްކަތް ކުރާ އެ ފުލުސް މީހާ 14 އަހަރުން ފެށިގެން އަންހެން ކުއްޖާ ރޭޕްކޮށް, އެކުއްޖާގެ ބަރަހަނާ މަންޒަރު ރެކޯޑުކޮށް ބްލެކްމެއިލް ކުރަމުންދިޔަކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެކަން ފަޅާއެރީ ފުލުސް މީހާގެ އަންހެނުންނަށް އެމަންޒަރު ފެނިގެންކަމަށް ހިތަދޫ އިން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ފުލުސް މީހާ އެކުއްޖާ ރޭޕްކުރާ ކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ފުލުސް މީހާ ހައްޔަރުކުރީ އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ފުލުހަށް ހުށަހެޅުމުންވެސް އޭނާ ހައްޔަރުނުކުރުމުން އެކަމާ ރުޅި ގަދަވެގެން ހިތަދޫ ރައްޔިތުން ނިކުމެ ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް އޭނާ ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާ ކުރުމުން ރޭ ގައެވެ.

ފުލުސް މީހާ ހައްޔަރުކުރި ވަގުތު އެ ސަރަހައްދަށް އެއްވެފައިތިބި އާންމުގެ މޫނަށް ފުުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ބައެއް މީހުންނަށް ފުލުހުން އަނިޔާކޮށް އަޅޭއްލަވާ ފައިވެއެވެ. މުޒާހަރާގައި އަނިޔާވި ބައެއް މީހުންނަށް އައްޑޫ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

ހިޔާލު


ގުޅުންހުރި