ރާއްޖެ

އިޓަލީގައި ދިވެއްސަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

18/09/2021

ޒައިން ރަޝީދު

އިޓަލީގައި ދަންޖެހިފައި ހުއްޓާ ފެނުނު މަހުމޫދު އިމާދު


ޝެއަރ

އިޓަލީގެ މިލާންގައި ދިރިއުޅޭ ދިވެއްސަކު ދަންޖެހި މަރުވެފައިވާ ހުއްޓާ ފެނިއްޖެއެވެ.

ދަންޖެހިފައި ހުއްޓާ ފެނުނީ އިޓަލީގެ އަންހެނަކާ ކައިވެނިކޮށްގެން އިޓަލީގައި ދިރިއުޅޭ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ މަހުމޫދު އިމާދު (44 އަހަރު) އެވެ. އޭނާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނުކަން މިވަގުތު ނޮޅިވަރަންފަރުގައި ހުރި އޭނާގެ އަންހެނުންނަށް ހަވާލާދީ އައިލާއިން ކަށަވަރުކޮށްދެއެވެ.

މަހުމޫދު އިމާދުގެ މަރާ ގުޅޭގޮތުން އާއިލާއިން ޝައްކު އުފައްދައެވެ. އޭނާގެ ކޮއްކޮ ބުނީ ބޭބޭ ދަންޖެހިފައި ހުއްޓާ ފެނިފައިވާކަން އޭނާގެ އަންހެނުންގެ ފަރާތުުން އެނގިފައިވާ ކަމަށެވެ. ނަމަވެސް މަރުވީ ކިހިނެތްކަން ޔަގީން ނުވާކަމަށެވެ. އަދި އަމިއްލަޔަށް މަރުވީ ކަމެއް ނުވަތަ ދަންޖެއްސީކަމެއް އައިލާއަށް ޔަގީން ނުވާކަމަށް އޭނާގެ ކޮއްކޮ ބުންޏެވެ.

އިޓަލީގައި މަރުވެފައި ހުއްޓާ ފެނުނު މަހުމޫދު އިމާދު


މަހުމޫދު އިމާދުގެ އަންހުންނާއި އޭނާގެ ބަފާބެ މިވަގުތު ތިބީ ނޮޅިވަރަންފަރުގައެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އައުމަށް އިމާދުވެސް ޓިކެޓު ނަގާފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އިމާދުގެ މަންމައަށް ހަވާލާދީ އޭނާގެ ކޮއްކޮ ބުނީ އެންމެ ފަހުުން މަހުމޫދު ވާހަކަ ދެއްކީ ރޭގައި ކަމަށާއި ނުތަނަވަސް ކަމުގެ އެއްވެސް ކަމެއް ފަހަގަ ނުވާކަމަށެވެ.

މަހުމޫ އިމާދު އިޓަލީއަށް ބަދަލުވީ މީގެ 8 އަހަރު ކުރިންނެވެ. އަދި އެންމެ ފަހުން އޭނާ މިލާނަށް ދިޔައީ މިިދިޔަ މޭ މަހުގައެވެ. އޭނާ މަރުވިއިރު އިޓަލީގެ އަންހެނުންނާއެކު ރަށުގައި ދިޔައީ ގެސްޓު ހައުސްއެއް އިމާރާތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި