ވިޔަފާރި

ކަރަންޓީން ނުވެ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތް ހަދައިފި

17/09/2021

ޒައިން ރަޝީދު


ޝެއަރ

ކަރަންޓީންނުވެ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

ކަރަންޓީނާނުލާ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތް މި ހެދީ 6 މަސް ވަންދެން އިނގިރޭސި ރެޑް ލިސްޓުގައި ރާއްޖެ ބޭއްވުމަށްފަހު ގައެވެ. އަދި އިނގިރޭސި ރެޑްލިސްޓުން ރާއްޖެ އުނިކުރުމަށް ދިވެހި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އިނގިރޭސި ސޭފް ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުވާކަން ނުޖެހޭނެއެވެ. އަދި މީގެ ސަބަބުން ރާއްޖެ އަންނަ އިނގިރޭސި ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.

2019 ގައި އިނގިރޭސިވިލާތަކީ ފަސް ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެހަރު 126،199 އިނގިރޭސިން ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު, މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 17،784 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

ހިޔާލު


ގުޅުންހުރި