ރާއްޖެސަރުކާރު

ސިވިލް ސަރވިސް މުވައްޒަފުން ކަޅު ހެދުމުގައި ހަމަހިމޭން އިހުތިޖާޖެއްގައި

19/09/2021

ޒައިން ރަޝީދު


ޝެއަރ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ މެދު ހިތް ހަމަނުޖެހިގެން ސިވިލް ސަރވިސް މުވައްޒަފުން ކަޅު ހެދުމުގައި ހަމަހިމޭން އިހުތިޖާޖެއް ފަށައިފިއެވެ.

ސިވިލް ސަރވެންްޓްސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލެއާ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއަށް ނިކުތީ ކަޅު ހެދުމުގައެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާތައް އަބަދުވެސް ކުރެއެވެ. ނަމަވެސް ސިވިސް ސަރވެންޓްސް އެސޯސިއޭޝަނުން މި ފަހަރު ނިންމާފައިވަނީ ސަރުކާރުން އިޖާބަ ނުދީފިނަމަ، އިޖުތިޖާޖަށް ނިކުތުުމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މަޖިއްޔާއިން ބޭނުންވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް ދޭވަރުގެ ލިވިންގ އެލަވެންސެއް މުވައްޒަފުންނަށްވެސް ދިނުމަށެވެ.

ހަމަހިމޭން އިހުތިޖާޖާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު މީޑިއާއަށް ވިދާޅުވީ އިހުތިޖާޖު ކުރަނީ ކޮން ބައެއްކަން ނޭގޭ ކަމަށާއި ސިވިލް ސަރވިސްގެ އެއްވެސް ބަޔަކު ކޮމިޝަނާ ބައްދަލުނުކުރާ ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ ޕޭ ކޮމިޝަނުގެ މަސައްކަތް ނިމުމުން މިހާރު ހުރި މައްސަލަތައް ހައްލުވެގެންދާނެ ކަމަށާއި އުއްމީދު ކުރަނީ ވީހާވެސް އަވަހަށް އެކަން ވެގެން ދިއުމެވެ.

ހިޔާލު


ގުޅުންހުރި