ރާއްޖެސަރުކާރު

މޫސަ އދގެ އާންމު މަޖިލީހަށް ދިޔައީ އަމިއްލަ ޚަރަދުގައި: ރައީސް އޮފީސް

23/09/2021

ޒައިން ރަޝީދު

ރީކޯ މޫސާ މަނިކު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އދގެ އާންމު މަޖިލީހަށް ވަޑައިގަތީ އަމިއްލަ ޚަރަދުގައި އަމިއްލަފުޅު ހައިސިއްޔަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެވެ.

އދގެ އާންމު މަޖިލީހު 76 ވަނަ ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު ރީކޯ މޫސާ މަނިކު ނަގާފައިވާ ފޮޓޯތަކާއި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ނިއުޔޯކަށް ވަޑައިގެންނެވި ވަފުދުގެ ބައެއް ބޭފުޅުން ޢާންމުކޮށްފައިވާ ފޮޓޯތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންދަނީ ރިކޯ މޫސާ މަނިކު އެތަނަށް ވަޑައިގަތީކޮން ހައިސިއްޔަތަކުން ތޯ ސުވާލުކުރަމުންނެވެ.

ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މޫސަ އެތަނަށް ވަޑައިގެންނެވީ އަމިއްލަފުޅަށް އަމިއްލަ ޚަރަދުގައި އަމިއްލަފުޅު ހައިސިއްޔަތުން ކަމަށެވެ.

"އަމިއްލަފުޅަށް އަމިއްލަ ޚަރަދުގައި ވަޑައިގެން ހުންނެވީ އަމިއްލަ ހައިސިއްޔަތުން" މަބްރޫކް ވިދާޅުވިއެވެ.

އަމިއްލަފުޅު ހައިސިއްޔަތުން ވަޑައިގެންނެވިިއިރު މޫސާ އުޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑަައިގެންނެވި ސަރުކާރުގެ ރަސްމީ ވަފުދާއެކުގައެވެ. އެގޮތުން އދގެ ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ރައީސް އޮފީހާއި ނިއުޔޯކުގައި ހުންނަ ދިވެހި އެމްބަސީގެ އިސްބޭފުޅުންނާއެކު މޫސަ އުޅުއްވާ މަންޒަރު ރައީސް އޮފީހުން އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރީކޯ މޫސާ މަނިކު އެމެރިކާގައި


އދގެ އާންމު މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ ގައުމުތަކުގެ ވެރިންނާއި މަންދޫބުންނަށެވެ. ހާއްސަކޮށް އާންމު މަޖިލީހުގެ ވެރިންގެ ބައްދަލުވުމުގައި ގައުމުތަކުން ބައިވެރިވާ ވަފުދުތަކުގައި ހިމެނެނީ ގައުމުތަކުގެ ވެރިންނާއި ކަމާގުޅޭ ވަޒީރު ފެންވަރުގެ ބޭފުޅުންނެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަރިހުގައިވެސް ގިނަ ބޭފުޅުން ހިމެނޭ ދިވެހި ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ވަޒީރުންނާއި ރައީސް އޮފީހުގެ ބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޕީއާރު ޓީމުގެ ބޭފުޅުންހިމެނެެވެ.

ހިޔާލު


މަބްރޫ12:20 2021/09/23

އޭ މަބްރޫކް! ‏‏މަބުރޫރު މަޖިލިހަކަށް އެދެން.

Ali11:05 2021/09/23

Raees vaki coalition eh hedhee

ބަންގާޅުގެ10:08 2021/09/23

މަބްރުކު ދެއްކިޔަސް ތަންކޮޅެއް ހަމަޖެހޭ އެއްޗެއް ކިޔާބަ

ގުޅުންހުރި