ރާއްޖެރައްޔިތުންގެ މަޖިލިސް

މުހުސިނާ ރޮއެ އާދޭސްކޮށްފަ އެދުނީ ފިރިމީހާގެ މުސާރަ ދިނުމަށް

23/09/2021

ޒައިން ރަޝީދު

މުހުސިނާ ޖާބިރު އާ ބައްދަލުކުރުމަށް ކައުންސިން އިދާރާ ކުރިމަތީ


ޝެއަރ

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުالله ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ނިކުމެ އޭނާއަށް ހަމަލާދީ ރަށުން ބޭރުކޮށްލީއެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީ ޖާބިރު އެރަށުގައި ހިންގާ ގެސްޓު ހައުސްގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދޭ ކަމުގެ ޝަކުވާއެވެ. އަދި އޭގެ ތެރޭގައި އޭނާ ހިންގާ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.

ޖާބިރު އެރަށަށް ދިޔަ ޚަބަރު ލިބުމުން ލޯފަން މުހުސިނާ އިބްރާހީމް ޖާބިރުއާ ބައްދަލުކުރަން ޖާބިރު ހުންނެވި ފުލުސް އޮފީސް ކައިރިއަށް ދިޔައެވެ. ފުލުހުން އެވަގުތު ޖާބިރު އެއްވެސް މީހަކަށް ބަދަލުވުމުގެ ފުރުސަތެއް ނުދިނެވެ.

ފުލުސް އޮފީސް ކުރިމަތީ ހުރެ ރޮމުން މުހުސިނާ ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާ މުހައްމަދު އަލީ ރެއާ ދުވާލު ޖާބިރުގެ ގެސްޓު ހައުސްގައި މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ ލާރިއެއްވެސް ނުދެއެވެ. މުސާރަ ނުދީ ގާތްގަޑަކަށް 80,000 ރުފިޔާ ދޭންޖެހޭ ކަމަށް މުހުސިނާ ކިޔައިދިނެވެ.

"އަޅުގަނޑު ދިޔައީ އަޅުގަނޑުގެ ފިރިމީހާގެ ހައްގުގައި އޭނައަށް ލިބެންޖެހޭ ހައްގެއް ހޯދާން. އަޅުގަނޑު މަންމައެއް ބައްޕައެއް ނެތް. އަޅާލާނެ މީހަކަށް ހުރީ ފިރިމީހާ. އޭނާއަށް މުސާރަ ނުދީ, މުސާރަ ދޭށެ ބުނަން އަޅުގަނޑު ދިޔައީ" މުހުސިނާ ކިޔައިދިނެވެ.

މުހުސިނާ ރޮމުން އެވާހަކަ ކިޔައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު, މަތިވެރީގެ ގިނަ ރައްޔިތުން ދަނީ އެމީހުންގެ ހައްގު ނުލިބިގެން އަޑު އުފުލަމުންނެވެ. އަދި އެރަށު ކައުންސިލުން ބުނެފައިވަނީ ޖާބިރު ކައުންސިލަށް 4.7 މިލިއަަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.

ހިޔާލު


ގުޅުންހުރި