ރާއްޖެރައްޔިތުންގެ މަޖިލިސް

ޖާބިރަށް ސެކިއުރިޓީ ފޯރުކޮށްދޭން ފަށައިފި

23/09/2021

ޒައިން ރަޝީދު


ޝެއަރ

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރ ޢަބްދުالله ޖާބިރުއަށް މަރުގެ އިންޒާރު ދެމުންދާތީ އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދޭން ފަށައިފިއެވެ.

ޖާބިރު މިދިޔަ އަންގާރަ ދުވަހު އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށު ޒުވާނުންތަކެއް ވަނީ އޭނާއަށް ހަމަލާދީ ރަށުން ބާލާފައެވެ. ޖާބިރާ ދެކޮޅަށް ރައްޔިތުން ނިކުތީ އޭނާ އެރަށުގައި ހިންގާ ގެސްޓު ހައުސްގައި މަސައްކަތް ކުރާ އެރަށު ރައްޔިތުންނަށް މުސާރަ ނުދީ ގިނަ ދުވަސްވެފައިވާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. ބައެއް ރައްޔިތުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުލިބޭކަމަށް ބުނެ ރޮއެ އާދޭސްވެސް ކޮށްފައެވެ.

ޖާބިރުއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާއިރު ޖާބިރު ވަނީ އޭނާއަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ޖާބިރު އެދި ވަޑައިގެންނެވި ގޮތަށް އޭނާއަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަށް އެދި މަޖިލީހުން ވަނީ ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ މެންބަރު ޖާބިރު ސެކިއުރިޓީއަށް އެދިވަޑައިގެންފައިވާތީ, މެންބަރު އެދިވަޑައިގެންނެވި ގޮތަށް ސެކިއުރިޓީ ހަމަޖައްސަވާ ދެއްވުން އެދި މަޖިީހުން ޑިފެންސް މިނިސްޓްރީއަށް ދަންނަވާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ނިކުމެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މަތިވެރި ކައުންސިލުން ބުނެފައިވަނީ ޖާބިރަށް އެއްވެސް މިންވަރަކަށް އަނިޔާއެއްދީ އެއްވެސް ވަރަކަށް ހަމަލާ ދިފައި ނުވާކަމަށެވެ.

މި ހާދިސާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، މަތިވެރީގައި އައިސިސްގެ މެންބަރުން އުޅޭކަމަށާއި އެރަށަށް އެއްވެސް ދިވެއްސަރު ދިއުން ރައްކާތެރި ނޫންކަމަށެވެ.

ހިޔާލު


ގުޅުންހުރި