ރާއްޖެސަރުކާރު

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް

25/09/2021

ޒައިން ރަޝީދު

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލަނީ - ފޮޓޯ: އެމްޑީޕީ


ޝެއަރ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ, މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 9:00 ގައެވެ. އަދި ވޯޓުލުން ހަވީރު 5:00 ހަމަޔަށް ކުރިއަށް ދާނެއެވެ. 90,000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބުގައި 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިހާބުގައި މީހުން ހޮވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ 87 ދާއިރާގެ ރައީސުންގެ މަގާމާއި ހަ ޕްރޮވިންސް ރައީސުންގެ މަގާމުގެ އިތުރުން ހަތަރު ސިޓީގެ ރައީސުންގެ މަގާމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިއަށްދާއިރު, ޕާޓީ މެންބަރުގެ މެދުގައި ހިޔާލު ތަފާތުވެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ ތަފާތު ދެ ފެކްޝަން ވަނީ އުފެދިފައެވެ. އަދި މި ދެ ބޭފުޅުންވެސް ގެންދަވަނީ ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދެ ބޭފުޅުން ތާއީދުކުރައްވާ ވަކިވަކި ކެންޑިޑޭޓުން މި އިންތިހަށް ނެރުއްވާފައިވެއެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވޯޓުލަނީ


އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ހާމަކުރާ ގޮތުގައި އިންތިހާބުގައި ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި މޭލޭގައި ބެހެއްޓި 94 ފޮށްޓާއި ރަށްރަށުގައި ބެހެއްޓި 190 ފޮށި ހިމެނެއެވެ.

އިންތިހާބުގައި މިހާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވާދަކުރެއެވެ.

ހިޔާލު


ގުޅުންހުރި