ރާއްޖެސަރުކާރު

ވޯޓަކާ ނުލާ އެމްއަރއެމްގެ އިސްމަގާމުތަކަށް މައުމޫން, ފާރިސް އަދި ނާދިރާ

25/09/2021

ޒައިން ރަޝީދު


ޝެއަރ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާފައިވާ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއަރއެމް)ގެ އެންމެ އިސް ތިން މަގާމު ވޯޓަކާ ނުލާ ތިންބޭފުޅުން ކާމިޔާބުކޮށްފިއެވެ.

ޕާޓީގެ ޒާއީމުގެ މަޤާމަށް ރައީސް މައުމޫން ހޮވުނުއިރު ޕާޓީގެ ރައީސްގެ މަޤާމަށް ހޮވުނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ. އަދި ނައިބު ރައީސް އަންހެންގެ މަޤާމަށް އާމިނަތު ނާދިރާއެވެ. މީ ބޭފުޅުން ވޯޓަކާ ނުލާ ހޮވުނީ މި މަޤާމްތަކަށް އިތުރު މީހަކު ކުރިމަތި ނުލާތީއެވެ. އެމްއަރއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން މަގާމަކަށް އެންމެ މީހަކު ކުރިމަތިލައިިފިނަމަ އޮޓަމެޓިކުން އެމަގާމަކަށް އެމީހަކު އިންތިހާބުވީއެވެ.

ފާރިސް އެމްއަރއެމްގެ ރައީސް ކަމަށް ކުރިމަތިލާ ސިޔާސީ މައިދާނަށް އަނެއްކާވެސް ވަޑަގައިގެންފައި މިވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ސިޔާސީ ދާއިރާ ދުރުގައި އުޅުވުމަށްފަހުގައެވެ. މަޖިލީހުގެ އިންތިހާބުގައި އެމްއަރއެމްއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުވެއެވެ.

އެމްްއަރއެމްގެ އިތުރު މަޤާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ފުރަތަމަ ކޮންގްރެސްގައެވެ.

ހިޔާލު


ގުޅުންހުރި