ވިޔަފާރި

ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ ފެރީ ބާލައިފި

25/09/2021

ޒައިން ރަޝީދު

ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ ފެރީ ބާލަނީ - ފޮޓޯ: އެމްޓީސީސީ


ޝެއަރ

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައި ސްޕީޑް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން, މިއަދު ފުރަތަމަ ފެރީ ޓެސްޓު ކުރުމަށް ބާލައިފިއެވެ.

ހައި ސްޕީޑް ފެރީގެ ގޮތުގައި ބޭނުންކުރާ ކޮންމެ އުޅަނދެއްގައި 50 ފަސިންޖަރުންނާއި 4 ކްރޫއާއި 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގަ ހުންނާނެކަމަށް އުޅަނދުތަކުގެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެއެވެ. އަދި ރާއްޖޭގައި އެކުލަވާލާ ޕަބްލިކް ހައި ސްޕީޑް ފެރީ ނެޓުވޯކުގައި 17 ފެރީ އުޅަނދު ބޭނުންކުރާނެއެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ސަރުކާރުން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުގެ ދަށުން މިއަހަރުގެ ތެރޭގައި އެންމެ އުތުރުގެ ތިން އަތޮޅުގައި ހިދުމަތް ފަށާނެއެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ފުރަތަމަ ފެރީ ބޭލުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވައުދު ފުއްދެވުމަށް އެމްޓީސީސީގެ ޓީމުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި