ރާއްޖެސަރުކާރު

ސިޑި މައްޗަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް: ވެމްކޯ

26/09/2021

ޒައިން ރަޝީދު


ޝެއަރ

ގެގެއްގެ ސިޑި މައްޗަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ, ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ވެމްކޯއިން ނެރު ނޫސް ބަޔާނެއްގައި ބުނީ ވެމްކޯގެ މުވައްޒަފުން އެގެއަށްގޮސް ގޭގެ ވެރިފަރާތާ ބައްދަލުކޮށް މާފަށް އެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިިނުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.

ވެމްކޯގެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުމުދިޔަ މުވައްޒަފަކީ ނުކުޅުދުންތެރިކަން ހުންނަ މީހެއް ކަމަށާއި އެހެން ނަމަވެސް މީގެ ކުރިން އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ އެކިފަރާތްތައް ކުންފުނީގެ އޮޕަރޭޝަންސް މަސައްކަތުގައި ހަރަކާތްތެރިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެ މުވައްޒަފު ވަގުތީ ގޮތުން ހައުސްހޯލް އޮޕަރޭޝަން މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

ސޯޝަލް މީޑިގައި އަންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އިމާރާތުގައި ސިޑި މައްޗަށް ކުޑަކަމު ދިއުމުގެ ކުރިން މީހަކު ހުރިތޯ ރަނގަޅަށް ބަލައެވެ. އަދި ކުޑަކަމު ދިއުމަށްފަހު މައްޗަށް ބެލިއިރު ކެމެރާ ހުރިކަން އެނގިގެން ވަގުތުން ފައިބައިގެންދާ މަންޒަރުވެސް ފެނެއެވެ.

ވެމްކޯގެ ބައެއް މުވައްޒަފުންގެ ފަރާތުން މީގެ ކުރިންވެސް މިފަދަ ނޭދެވޭ ބައެއް އަމަލުތައް ފެނިފައިވެއެވެ.

ހިޔާލު


ގުޅުންހުރި