ރާއްޖެސަރުކާރު

ދަރިވަރަކަށް ޖިންސީ ގޯނާކޮށްގެން އިންޑިއާ ޓީޗަރަކު ސަސްޕެންޑުކޮށްފި

26/09/2021

ޒައިން ރަޝީދު

ގއ. ކޮލަމާފުށި


ޝެއަރ

ގއ. ކޮލަމާފުށީ ސްކޫލުގެ އަންހެން ދަރިވަރަކަށް, އެ ސްކޫލުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ޖިންސީ ގޯނާކުރިކަމުގެ ތުހުތަމުގައި ޓީޗަރު ސަސްޕެންޑުކޮށްފިއެވެ.

ޓީޗަރު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގައި ކިޔަވަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. އަދި ތަފާތު އެކި ފަހަރުމަތިން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ޓީޗަރު ސަސްޕެންޑު ކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔަޤީންކޮށްދީފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ މީޑިއާއަށް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ތުހުމަތުވާ ޓީޗަރު މި މަސް ފެށުނީއްސުރެން ސަސްޕެންޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރު މައްސަލަތައްވެސް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ބަލަމުންނެވެ.

ހިޔާލު


ގުޅުންހުރި