ރާއްޖެޖުޑީޝިއަރީ

ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރި މަސާއިދުގެ މައްޗަށް 11 ދައުވާއެއް

26/09/2021

ޒައިން ރަޝީދު

ދައުލަތުން ދައުވާ އުފުލި މުޙައްމަދު މަސާޢިދު ބިން ސަމީޢު


ޝެއަރ

އެކި މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޓެލެޓްރާމާއި ސޯޝަލް މީޑިއާގެ ވަސީލަތް ތަކުގައި ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މއ. އިސްޕަންޖުގެ، މުޙައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ދައުލަތު އުފުލައިފިއެވެ.

މަސާއިދު ހައްޔަރުކޮށް ތަހުގީގު ކުރިއިރު އޭނާ ގެންގުޅުނު ހާޑްޑްރައިވް ތަކުން މިލިއަނަކަށްވުރެ ގިނަ ދިވެހިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ބަންދުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ އޭނާ އެ ފޮޓޯތަކާއި ވީޑިއޯތައް އަޅައިގެން ގެންގުޅުނު 10 ހާޑްޑްރައިވް ހޯދާފައެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް ޓެލެގްރާމް ގްރޫޕްތަކާއި ސޯޝަލް މީޑިއާގެ ވަސިލަތްތަކުގައި މަސާއިދު އާންމުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން މިރޭ ވިދާޅުވީ މަސާއިދު ބިން ސަމީއުގެ މައްޗަށް ޖުމުލަ 11 ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތު ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނަގާ ޓެލެގްރާމާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާތީއެވެ.

މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާއާއި އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާއާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ހިޔާލު


Pis pis08:36 2021/09/28

ކިތައް މިލިއަން މީހުން އުޅޭބާ މިރާއްޖޭގަ؟

mohamed thaufeeq06:38 2021/09/28

ސައިޚް ކިހިނެއް އެހެއްދެވީ

Others23:11 2021/09/27

Meehun Ge ah’ura bahaaa isthihaaru kirameehun ah 25 Aharu fudhey

އޮރިޔާން08:08 2021/09/27

5ލައްކައިގެ އާބާދީއެއް އޮތްތަނަކުން މިލިއަނެއްހާ ފޮޓޯ އާއި ވީޑިއޯ! ރާއްޖޭގަ ނެތެއްނު ތީނަ އޮރިޔާން ނުބަލާ އެންމެ މީހެއްވެސް

07:41 2021/09/27

ތިވައްތަތުމީހުން ޖަލުގަބަހައްޓާ

ގުޅުންހުރި