ރާއްޖެ

ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވެއްޖެ

27/09/2021

ޒައިން ރަޝީދު

މުހައްމަދު ޝަހުބާން


ޝެއަރ

ކުރީގެ ލަވަކިޔުންތެރިޔާ މއ. ތަބައްގޭ މުހައްމަދު ޝަހުބާން ނިޔާވެއްޖެއެވެ.

ޝަހުބާން ނިޔާވީ ރޭ ފަތިހު ހާޓްއެޓޭކެއް ޖެހިގެން ކަމަށް އާއިލާން މައުލޫމާތު ދެއެވެ. ކުއްލި ގޮތަކަށް ޝަހުބާން ނިޔާވި އިރު ވަރަށް ބޮޑަށް ރޯގާ ޖެހި ބަލިވެ އުޅުނުކަމަށް އާއިލާއިން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

ޝަހުބާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޝަހުބާން އަކީ ގިނަ ލަވަތައް ވިދާޅުވެފައިވާ ލަވައާއި މިއުޒިކުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެންމެފަހުން އޭނާ މަސައްކަތް ކުރެއްވީ ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގައި ލަވަ ދަސްކޮށްދެއްވި ކޯޗެއްގެ ގޮތުގައެވެ.

އުމުރުން 53 އަހަރުގެ ޝަހުބާން ނިޔާވުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކުރި ޓުވީޓެއްގައި ބުނީ ޝަހުބާން ނިޔާވުމުގެ ހިތާމައިގައި އެ ޕާޓީން ބާއިވެރިވާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި