ރާއްޖެސަރުކާރު

ނައިފަރުގައި އައިސްޕްލާންޓެއް އެޅުމަކީ ރިޔާސީ ވައުދެއް ނޫން: މިނިސްޓަރ

27/09/2021

ޒައިން ރަޝީދު

ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން


ޝެއަރ

ޅ. ނައިފަރުގައި އައިސްޕްލާންޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ނޫންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނައިފަރު އައިސްޕްލާންޓް އެޅޭނީ ކޮންއިރަކުތޯ އައްސަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ ކެމްޕޭން ތެރޭގައި ނައިފަރަށް ކުރި ދަތުުރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެ ބައްދަލުވުމުގައި އައިސްޕްލާންޓެއްގެ ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި އެކަމަށް އެރަށު މަސްވެރިންވެސް ނޭދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަސްވެރިން ރައީސްގެ ކިބައިން އެދުނު އެންމެ މުހިއްމު އެއްކަމަކީ ލުއި ގޮތަކަށް ފެލިވަރުން އައިސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން" މިނިސްޓަރ ވިދާޅުވިއެވެ.

މި ކަމަށް ރައްދު ދެއްވާ ނައިފަރު ދައިރާގެ މެންބަރު ވިދާޅުވީ ރައީސްގެ ވައުދުތަކާ ގުޅޭ ގޮތުން މިނިސްޓަރަށް މައުލޫމާތު އެނގިވަޑައިނުގެންނެވުމަކީ ދެރަކެމެއް ކަމަށާއި ޕޯޑިއަމެއްގައި ރައީސް ވިދާޅުނުވިޔަސް އައިސްޕްލާންޓެއް އަޅުއްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފެލިވަރުގައި އުފައްދާ އައިސްއިން ނައިފަރުގެ މަސްވެރިންނަށް ނުވާކަމަށް ވިދާޅުވެ ޝިޔާމް ވަނީ މިއަދުގެ ޖަލްސާގައި އަޑު ގަދަކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި