ރާއްޖެސަރުކާރު

އެމެރިކާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

28/09/2021

ޒައިން ރަޝީދު


ޝެއަރ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އދގެ އާންމު ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާ އެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކާއި ސިއްހީ ދާއިރާފަދަ މުހިއްމު ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕޯޗުގަލްގެ ރައީސްއާއި ކުވައިތުގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު


ގުޅުންހުރި