ރާއްޖެރައްޔިތުންގެ މަޖިލިސް

އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދު ކުރެވެން ޖެހޭނެ: ޖާބިރު

29/09/2021

ޒައިން ރަޝީދު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު


ޝެއަރ

ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް 'ނަމާދު' ކުރުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެ އޮޕަރޭޓްކުރަންޖެހޭނީ ޔުނިވަރސަލްކޮށް ކަމަށާއި އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ނަމާދު ކުރެވެން ޖެހޭނެ ކަމަށެވެ. ޖާބިރު އިތުރަށް ވިދާޅުވީ ދިވެހިން އިތުރަށް ތަހުޒީބުވާން ޖެހޭކަމަށާއި އަދި އެންމެންނަށްވެސް ރާއްޖޭގައި ފުރުސަތު އޮންނަންޖެހޭ ކަމަށެވެ.

"އެހެން ދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅޭވޭނެ ގޮތަކަށް، ލަކުމް ދީނަކުން ވަލިޔަ ދީން މައްޗަށް މި ގައުމު އުފައްދަން އެބަޖެހޭ. މާނައަކީ އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށް މިތާނގައި އުޅެވެންވާނެ. މިތާ އޮންނަން ވާނީ ޔުނިވަރސަލް ޕްރެކްޓިސްއެއް" ޖާބިރު ވިދާޅުވިއެވެ.

އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ޖާބިރު މިއަދު ގޮވާލެއްވިއިރު، މީގެ ކުރިންވެސް އޭނާ ވަނީ އިސްލާމް ދީނުގައި ހަމަރާމް ކުރައްވާފައިވާ ބައެއް ކަންކަން އާންމުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މީގެ ކުރީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވަނީ ރާއްޖޭގައި ޖުވާ ކުޅޭނެތަނެއް ނުވަތަ ކަސިނޯއެއް ހަދަން ބޭނުންވާ ކަމަށާއި އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހާއި މަޖިލީހުން ބޭރުގައި ޖާބިރު ދައްކަވާ ވާހަކަތަކާއި އުޅުއްވާ ގޮތުން، މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް ޖާބިރުއަށް ފާރުވާދޭން ޖެހޭކަމަށް ބުނެ އެކަން ކުރުމަށް ގޮވާލާފައެވެ.

ހިޔާލު


ގުޅުންހުރި