ރާއްޖެޖުޑީޝިއަރީ

ބަރަހަނާ ފޮޓޯ ލީކުކުރި މަސާއިދުގެ ބަންދަށް 15 ދުވަސް

30/09/2021

ޒައިން ރަޝީދު

ދައުލަތުން ދައުވާ އުފުލި މުޙައްމަދު މަސާޢިދު ބިން ސަމީޢު


ޝެއަރ

އެކި މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޓެލެޓްރާމާއި ސޯޝަލް މީޑިއާގެ ވަސީލަތް ތަކުގައި ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މއ. އިސްޕަންޖުގެ، މުޙައްމަދު މަސާއިދު ބިން ސަމީއުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މަސާއިދު ހައްޔަރުކޮށް ތަހުގީގު ކުރިއިރު އޭނާ ގެންގުޅުނު ހާޑްޑްރައިވް ތަކުން މިލިއަނަކަށްވުރެ ގިނަ ދިވެހިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ބަންދުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ އޭނާ އެ ފޮޓޯތަކާއި ވީޑިއޯތައް އަޅައިގެން ގެންގުޅުނު 10 ހާޑްޑްރައިވް ހޯދާފައެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް ޓެލެގްރާމް ގްރޫޕްތަކާއި ސޯޝަލް މީޑިއާގެ ވަސިލަތްތަކުގައި މަސާއިދު އާންމުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތު ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނަގާ ޓެލެގްރާމާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި މަސާއިދު އާންމުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެނާގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ.

މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާއާއި އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާއާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ހިޔާލު


ގުޅުންހުރި