ރާއްޖެސަރުކާރު

އދގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ރާއްޖެ ވަޑައިގެންފި

06/10/2021

ޒައިން ރަޝީދު


ޝެއަރ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ޢަބްދުﷲ ޝާހިދު، ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދެވެ.

ރަސްމީ އިއްޒަތުގައި ޝާހިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން ޝާހިދަށް މަރަހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އަދި ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އދއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.


އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވާފައި ވަނީ އދގެ އާންމު މަޖިލީހުގައި 76 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރެއްވުމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ހިޔާލު


ގުޅުންހުރި