ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

11/10/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މެންދުރުފަހު މާލެ ވަޑައިގަންނަވާނެއެވެ.

އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި މި ވަގުތު ދުބާއީގައި ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އެކަން ސިފައިންގެ ސެޕީޖީއަށާއި ރައްޔިތުންގެ މަޖިލީހަށާއި ކަމާގުޅޭ އިދާރާތަކަށް މިހާރު އަންގަވާ، އެ އިދާރާތަކުން އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާތީ އެއަރޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަނީ ވަރަށް ބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި ބައްދަލުކުރެވޭނީވެސް ވަރަށް މަދު ބަޔަކަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ އެމަނިކުފާނު އަވަހާރަކޮލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގައި 4 މަސް ހޭދަކުރެއްވުމަށްފަހު ގައެވެ.

ހިޔާލު


ގުޅުންހުރި