ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މާލެ ވަޑައިގެންފި

11/10/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.

ހަތަރު މަސްފަހުން ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު މާލެ ވަޑައިގަތީ 3 ދުވަހަށެވެ. އަދި އެމަނިކުފާނު ހުންނަވަނީ ހޮޓެލް ޖެންގައެވެ.


ރައީސް ނަޝީދުގެ ދަތުރުފުޅާ ގުޅިގެން އެއަރޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަނީ ވަރަށް ބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އެމަނިކުފާނުގެ ސަލާމަތީ ކަންކަންވެސް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި ބައްދަލުކުރެވޭނީވެސް ވަރަށް މަދު ބަޔަކަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ އެމަނިކުފާނު އަވަހާރަކޮލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގައި 4 މަސް ހޭދަކުރެއްވުމަށްފަހު ގައެވެ.

ހިޔާލު


ގުޅުންހުރި