ވިޔަފާރި

ފްލައިންގ ސްކޫލް ހިންގަން އައިލޭންޑް އޭވިއޭޝަނުން އެމްއެންޔޫއާއެކު އެއްބަސްވެއްޖެ

14/10/2021

ޒައިން ރަޝީދު

އައިލޭންޑް އޭވިއޭޝަނުން އެމްއެންޔޫއާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: އައިލޭންޑް އޭވިއޭޝަން


ޝެއަރ

އައިލޭންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އައްޑޫގައި ފްލައިންގ ސްކޫލެއް ހިންގުމަށް އެއްބެސްވެެއްޖެއެވެ.

އައިލޭންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ފުލައިންގ ސްކޫލް ހިންގުމަށް ބޭނުންވާ ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އައިލޭންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދުއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފްއެވެ.

ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ މިކުންފުނިން ފްލައިންގ ސްކޫލް ހިންގާނީ އައްޑޫ ގަން އިންޓަރނޭޝަނަލްް އެއަރޕޯޓުގައެވެ.

މީގެ ކުރިން އައިލޭންޑް އޭވިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުންޏާ ގުޅިގެން ފްލައިން ސްކޫލް ހިންގުމަށް ޗެކް ރިޕަބްލިކްގެ ފްލައިންގ ސްކޫލަކާއެކު ވަނީ މަޝްވަރާކޮށްފައެވެ.

އަންނަ ޑިސެންބަރު ގައި ފްލައިންގ ސްކޫލްގެ ކިޔެވުން ފަށަން ތައްޔާރު ވަމުންދާއިރު, މިހާރު އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިސްކަން ދޭނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.

ސަރުކާރުން ފްލައިންގ ސްކޫލެއް ހިންގަން ނިންމާ އެ މަސައްކަތް އައިލޭންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ އާ ހަވާލުކުރީ އައްޑޫގައި ސްރީލަންކާގެ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކަޔަވާ ދަރިވަރުންނަށް ގިނަ މައްސަލަތައް ދިމާވެ, އެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ހިޔާލު


ގުޅުންހުރި