ކުޅިވަރުރާއްޖޭގެ ކުޅިވަރު

ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ބަހުރެއިނަށް

18/10/2021

ޒައިން ރަޝީދު

23 އަހަރުން ދަށުގެ ޓީމް ކުޅުންތެރިން ފުރަނީ - ފޮޓޯ: އެފްއޭއެމް


ޝެއަރ

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް ބަހުރެއިނަށް ފުރައިފިއެވެ.

މި ޓީމް މިއަދު ބަހުރެއިނަށް ފުރީ އަންނަ އަހަރު ބާއްވާ އޭޝިޔާގެ 23 އަހަރުގެ ދަށުގެ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. އޭޝިޔާގެ މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ އިރާގާއި އަފްޣާނިސްތާން ހިމެނޭ ވަރުގަދަ ގްރޫޕެއްގައެެވެ.

އޭޝިޔާގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަަމަ މެޗު އޮންނާނީ މި މަހު 25 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެ ކުޅޭނީ އިރާގާ ދެކޮޅަށެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ނިކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ރާއްޖެ ކުޅޭނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ބަހުރެއިންގައި ރާއްޖޭގެ ޓީމް ޕްރެކްޓިސް މެޗުތައް ކުޅޭނެއެވެ.

ގައުމީ ޓީމާއެކު ބަހުރެއިން ދަތުރުގައި އިސްކޮށް ހުންނަވާނީ އެސިސްޓެންޓް ކޯޗު ސޮބާހު މުހައްމަދުއެވެ. އޭނާ ބުނީ އޭޝިޔާގެ މުބާރާތުގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ހިމެނޭއިރު ވާދަވެރި މެޗުތަކެއް ކުޅުން މުހިއްމު ކަމަށެވެ. އެދި އެފަދަ މެޗުތައް ކުޅުމުގެ ފުރުސަތު މި ދަތުރުން ލިބިގެން ދާނެކަމަށެވެ.

ހިޔާލު


ގުޅުންހުރި