ރާއްޖެ

ލަވަ ކިޔުންތެރިޔާ ޢަބްދުالله ޙަސަން ނިޔާވެއްޖެ

19/11/2021

ޒައިން ރަޝީދު

ޢަބްދުالله ހަސަން


ޝެއަރ

މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުالله ޙަސަން (ހޮޅުދޫ ޢަބްދުالله) ނިޔާވެއްޖެއެވެ.

މަޝްހޫރު އެތަކެއް ލަވައެއް ވިދާޅުވެ, ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޢަބްދުالله ނިޔާވީ ގިނަދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ހޮޅުދޫ ޢަބްދުاللهގެ ނަމުން މަޝްހޫރު ޢަބްދުالله ޙަސަންއަކީ ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު, އޭނާގެ އަޑު ގިނަ ބަޔަކު ދަންނަ ބޭފުޅެކެވެ. ގައުމީ ރޫހު އާލާކޮށްދިން މަޝްހޫރު އެތަކެއް ގައުމީ ލަވަތައް ޢަބްދުالله ކިޔުއްވާފައިވެއެވެ.

ޢަބްދުالله ކިޔުއްވި މަޝްހޫރު ގައުމީ ލަވަތަކުގެ ތެރޭގައި "އޯ ވަޒަން", "ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ ހިތުގެ އެންމެ ފުންމިނަށް ގައުމީ ރޫހު އާލާކޮށްދިން ލަވަތައް ހިމެނެއެވެ.

ގައުމީ ލަވަތަކުގެ އިތުރުން މަޝްހޫރު މަދަހަތަކާއި ލޯބީގެ ލަވަތައްވެސް ޢަބްދުالله ކިޔުއްވާފައިވެއެވެ.

ހިޔާލު


ގުޅުންހުރި