ވިޔަފާރި

ސްރީލަންކަން އިން އަނެއްކާވެސް ގަމަށް ސީދާ ދަތުރުތައް ފަށައިފި

04/12/2021

ޒައިން ރަޝީދު

ސްރީލަންކަންގެ ބޯޓު ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި - ފޮޓޯ: ގަން އެއަރޕޯޓް


ޝެއަރ

ސްރީލަންކަން އެއާލައިންސް އިން އައްޑޫ ސިޓީގެ ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.

އައްޑޫ އާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ކުރަމުންއައި ސީދާ ދަތުރުތައް ކޮވިޑާ ގުޅިގެން ހުއްޓާލުމަށްފަހު, މިއަދު އަލުން ދަތުރުތައް ފެށިއިރު ހަފްތާއަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްރީލަންކަން ދަތުރުތަކުގެ ސަބަބުން ކޮލަމްބޯ މަގުން ސްރީލަންކަން އިން ދަތުރުކުރާ އެހެން މަންޒިލްތަކަށް ކަނެކްޝަން ފްލައިޓު ލިބޭނެކަމަށް ސްރީލަންކަން އިން ބުނެއެވެ.

ސްރީލަންކަން އިން ގަމާއި ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފުރަތަމަ ފެށީ 2016ގަ އެވެ. އަދި ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލީ 2020ގައެވެ.

ސްރީލަންކަން ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.

ހިޔާލު


ގުޅުންހުރި