ރާއްޖެއިދިކޮޅު

އެމްއެންޕީއަށް މީހުން އިތުރުކުރުމަށް ދުންޔާ ކޮލޮމްބޯގައި

04/12/2021

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްސް ނޭޝަނަލް ޕާޓީ, އެމްއެންޕީއަށް މީހުން އިތުރު ކުރުމަށް އެޕާޓީގެ ވަފުދެއް ސްރީލަންކާގެ ކޮލޮމްބޯއަށް ހިނގައްޖެއެވެ.

ލަންކާއަށް ދިޔަ ވަފުދުގައި އިސްކޮށް އުޅުއްވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އެމްއެންޕީ އަންހެނުންގެ ވިންގްގެ ލީޑަރ ދުންޔާ މައުމޫން އެވެ.

އެމްއެންޕީގެ ވަފްދުން ދަނީ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް, އެމީހުންނަށް ބޭނުންވާ ކަންކަން ސާފުކުރަމުންނެވެ. އަދި އެމްއެންޕީއާ ގުޅުމަށް ދަޢުވަތުދީ ގުޅެން ބޭނުންވާ މީހުންގެ މައުލޫމާތު އެއްކޮށް އެމީހުންގެ މެންބަރޝިޕް ފޯމްތައް ފުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުالله ރިޔާޒު އިސްކޮށް ހުންނަވާ ދާދިފަހުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެކެވެ. ޕާޓީގެ ލީޑަރަކީ މުހައްމަދު ނާޒިމްއެވެ.

ހިޔާލު


ގުޅުންހުރި