ރާއްޖެސަރުކާރު

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް

30/12/2021

ޒައިން ރަޝީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން - ފައިލް ފޮޓޯ: ރައީސް އޮފީސް


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރައްވައެވެ. ހަމައެކަނި ވިދާޅުވީ ރައީސްގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

ހިޔާލު


ގުޅުންހުރި