ރާއްޖެ
ސޯޝަލް މީޑިއާގައި އަންހެން ކުއްޖެއްގެ ފޮޓޯ ޝެއާކޮށް ފުރައްސާރަކުރި ކަމުގެ ތުހުމަތާއެކު ލުބްނާ އަނެއްކާވެސް ހޫނު ފެނަށް!
19/02/2022
ޒައިން ރަޝީދު
ކުރީގެ ސްޓޭޓް މިނިސްޓަރ ފޮރ ހެލްތް އެންޑް ފެމިލީ, ހެންވޭރު ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު
ޝެއަރ
ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދިޔަ އަންހެންގެ އެޑިޓްކޮށްފައިވާ ފޮޓޯއެއް, ކުރީގެ ސްޓޭޓް މިނިސްޓަރ ފޮރ ހެލްތް އެންޑް ފެމިލީ ލުބްނާ މުޙަންމަދު ޒާހިރު އޭނާގެ ޓުވިޓާގައި ހިއްސާކޮށް, އަންހެން މީހާއަށް ފުރައްސާރަކުރި ކަމަށް ބުނެ ލުބްނާއަށް އަނެއްކާވެސް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޝަޒްލާ އޭނާގެ އިންސްޓެގްރާމްގައި ޕޯސްޓްކުރި އޭނާގެ ފޮޓޯ ވަގަށް ނަގާ, އެ ފޮޓޯ އެޑިޓްކޮށް އޭނާގެ އަބުރު ގެއްލޭގޮތަށް ފުރައްސާރަކޮށް, އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނިކޮށް ލުބްނާ ވަނީ އެ ފޮޓޯ އޭނާގެ ޓުވިޓާއަށްލާ, ހަސަން ކުރުސީ ކިޔާ މީހަކު ޓެގްކޮށްފައެވެ.
"ސީ އެޗްކުރުސީ ޗާލޭ ދޯ" އެ ފޮޓޯއާއެކު ލުބްނާ ބުނެފައިވެއެވެ.
ލުބްނާގެ މި ޓުވީޓާ ގުޅިގެން, ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ޝަޒްލާގެ ދައްތަ ހައިފާ ބުނެފައިވަނީ ދައުލަތުގެ އިސްމަގާމްތައް އަދާކޮށްފައިވާ އަންހެނަކު, އެހެން އަންހެންގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ ދައުރުކުރަމުން ދަނިކޮށް އެ ފޮޓޯ ބޭނުންކޮށް އިތުރަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ހެލްތް އެންޑް ފެމެލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެކަމަށް ލުބްނާ މާފަށް އެދެންޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ލުބްނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ މާފަށްއެދި އެނާކުރި ޓުވީޓް ޑީލިޓްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ޝަޒްލާގެ ދިފާއުގައި ނިކުތް އޭނާގެ ދައްތަ ހައިފާއާއި އެކަމާ ދެކޮޅަށް ލުބްނާއަށް ފަޑުކިޔާ މީހުންވެސް ބްލޮކްކޮށްފައެވެ.
މިއީ ލުބްނާ އަށް ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި އޭނާ ހާމަކުރި ބައެއް ޚިޔާލުތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެެވެ.
2013 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ދިއްގަރު ދާއިރާއަށް ވާދަކުރި އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރަކީ ގާނޫނީ ވަކީލެކެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކޮށްފައެވެ. އޭނާއަކީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސެއިންގެ ދަރިކަނބަލެކެވެ.
ހިޔާލު
ގުޅުންހުރި