ރާއްޖެސަރުކާރު

ހޮސްޕިޓަލްތައް ހިންގަން އިތުރު މުއައްސަސާއެއް އުފައްދަނީ

23/02/2022

ޒައިން ރަޝީދު

މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް


ޝެއަރ

ހޮސްޕިޓަލްތައް ހިންގަންޖެހެނީ ހެލްތް މިނިސްޓްރީން ނޫންކަމަށާއި ހޮސްޕިޓަލްތައް ހިންގަން އިތުރު މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލީުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރިޔާޒު ސުވާލުކުރެއްވި އައިޖީއެމްއެޗްގެ ހިދުމަތް ލިބުންލަސްވާތީ އާއި އެތަނުން އެޕޮއިންޓްމަންޓް ހޯދުމުގައި ލަސްވާ މައްސަލައާ ގުޅޭގޮތުންނެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ އައިޖީއެމްއެޗް ހިންގަނީ ވަކި ބޯޑަކުން ކަމަށާއި ހެލްތް މިނިސްޓްރީގެ ދައުރަކީ އެތަނުގެ ހިދުމަތުގެ ފެންވަރު ބެލުންކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ހޮސްޕިޓަލް ހިންގަންޖެހޭނީ ހެލްތް މިނިސްޓްރީން ކަމަށް. މިނިސްޓްރީން ކުރަންޖެހޭ ކަމަކީ ފެންވަރު ބެލުމާއި ދިމާވާ މައްސަލަތައް ތަހުގީގު ކުރުން. އަޅުގަނޑުމެން މިދަނީ ހޮސްޕިޓަލްތައް ހިންގާނެ ވަކި މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން. އޭރުން މިނިސްޓްރީން އަސްލު ކުރަންޖެހޭ މަސައްކަތް މިނިސްޓްރީއަށް ކުރެވޭނެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި