ރާއްޖެސަރުކާރު

ރައީސް ސޯލިހް ތައިރޮއިޑް އޮޕަރޭޝަން ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނައިބު ރައީސްއާ ހަވާލުކޮށްފި

25/02/2022

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ފައިސަލް ނަސީމްއާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 އިން ފެށިގެން ރައީސް ސާލިހްގެ އޮޕަރޭޝަންކޮށް ނިމެންދެނެވެ. އެހެންކަމުން ފަތިހު 5:55ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވާފައެވެ. ނައިބު ރައީސަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުއުތަސިމް އަދުނާންއެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގައެވެ. އަދި އޮޕަރޭޝަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރައްވަން ގަސްތުކުރައްވާކަން ހާމަކުރެއްވީ ރޭ ގައެވެ.

މިއީ މިގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނައިބު ރައީސާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

ހިޔާލު


wamInA110:20 2022/02/25

ނާޒިމް ސޯ ޑިފެންސް މިނިސްޓަރަށް ލާފަ، އަބްލޯ ރިތާޒު އަްޔަނުކުރިނަމަ ސަޅުވީސް، ކަންކުރިވިފައިއޮތްގިތް ތާރީހް 🇲🇻⚖️⚖️ 7ފެބްރުއަރީގަ ކީއްވެ އަނބުރާ ހަވާލު ނުކުރީ.... ބަގާވާތް ކުއްވެރިކުރަން، މިގައުމު ސަލާމަތްވާނީ އެ ގަައްދާރުން އިންޑިޔާގެ އަޑިނުބައި ބަލައިގަތުން ދިވެހިންނަށް ހޭވެރިވީމަ... މުފަހުންވެސް ޖާބިރު ލައްވާ ލާރިބަހައިގެން ވެރިކަން ފޭރިގަތީ. އިންޑިޔާ އައުޓް ހަމަ ރަގަޅު. ބަގާވާތް ބޭއިންސާފު ކުއްވެރިކުރަން 😊🕊⚖️

ގުޅުންހުރި