ކުޅިވަރުރާއްޖޭގެ ކުޅިވަރު

މިލިއަނުން ޚަރަދުކޮށް ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ބޮޑެތި ފާޑުކިޔުންތައް

19/03/2022

ޒައިން ރަޝީދު


ޝެއަރ

މިލިއަނުން ޚަރަދުކޮށް ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޚަފްލާއަށް ދިޔަ ޚަރަދު ހާމަނުކުރިޔަސް, 30 މިލިއަން ޚަރަދުކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ދެ މީޑިއާއަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރިކަމަށް ބުނާއިރު ޚަފްލާ އިންތިޒާމްކުރަން 1 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އަދި ދުނިޔޭގެ ކުޅިވަރު ތަރިން ފަސްޓްކުލާހުގައި ގެނައުމަށް މިލިއަނުން ޚަރަދުކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އެވޯޑުދިން ކުޅުންތެރިންގެ އަނބިން ނުވަތަ ފިރިންނަށްވެސް ޚަފްލާއަށް ދައުވަތު ނުދެއެވެ. ރާއްޖޭގެ ގިނަ ކުޅިވަރު ލެޖެންޑުންނަށްވެސް ދަޢުވަތު ނުދޭ އަދި އެމީހުން ބައިވެރިއެއް ނުކުރެއެވެ.

އެވޯޑު ލިބުނު ކުޅުންތެރިންނަށް ފައިސާގެ އިނާމު ނުދޭއިރު ހަމައެކަނި ދިނީ ރަމްޒީ ޓްރޮފީއެެކެވެ. އެވޯޑަށް ކުޅުންތެރިން ހޮވިގޮތާއި އިންތިޒާމްތައް ދޯދިޔާކަން ފާހަގަކޮށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންނެވެ.

މިނިސްޓްރީން ވަނީ 30 މިލިއަން ޚަރަދުވި ކަމަށް ރިޕޯޓްކުރުމުން އެކަން ދޮގުކޮށްފައެެވެ. ނަމަވެސް ޚަރަދުވި މިންވަރު ރަސްމީކޮށް މީޑިއާތަކުން ހޯދަން އެދުމުންވެސް ހާމައެއް ނުކުރެއެވެ.

ހިޔާލު


ގުޅުންހުރި