ވިޔަފާރި

ޕޮންޒީ ސްކީމްތަކަށް ސަމާލުވުމަށް އަންގާފައިވަނިކޮށް ކިންގްސް ފޮރެކްސްގެ އެކައުންޓް ފްރީޒްކޮށްފި

11/03/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕޮންޒީ ސްކީމް ހިންގާ ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަންގައިފިއެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޕޮންޒީ ސްކީމެއް ހިންގާ ރާއްޖޭގެ ކުންފުންޏަކަށް ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށެވެ. މި ސްކީމްގައި ފުރަތަމަ ބައިވެރިވާ މީހުންނަށް އޭގެ ފަހުން ބައިވެރިވާ މީހުންގެ ފައިސާ ދޭކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި މީހުން ދޭ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށް ގިނަ ބަޔަކަށް ފައިސާ އަނބުރާ ނުލިބޭ ކަމަށެވެ.

މިފަދަ ސްކީމްތަކަށް ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސް ކޮށްފައިވަނިކޮށް, ކިންގްސް ފޮރެކްސްގެ ބޭންކް އެކައުންޓް ރޭ ވަނީ ފްރީޒްކޮށްފައެވެ. ކިންޓްސް ފޮރެކްސްއިން ފައިސާ ޖަމާކުރަން ދީފައިވާ ނަންބަރަކީ ކިންގްސް ކެޕިޓަލް ހޮލްޑިންގެ ނަންބަރެކެވެ. ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕްގައި ވަނީ އެކައުންޓް ފްރީޒްކުރިކަމަށް ބުނެ މެސެޖްކޮށްފައެވެ.

އަދި ކިންގްސް ކެޕިޓަލް ހޮލްޑިން އަކީ އަލްހާން ފަހުމީއާއި ޝަހުބާން ފަހުމީގެ ކުންފުންޏެކެވެ.

ހިޔާލު


ގުޅުންހުރި