ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

ކައިޒީން އުފަންދުވަސް ފާހަގަކުރީ ހޮޓެލް ތާޖް ކެމާގައި

01/04/2022

ޒައިން ރަޝީދު


ޝެއަރ

ކައިޒީން އުފަންދުވަސް ފާހަގަކުރީ އާގްރާގައި ހުންނަ ހޮޓެލް ތާޖް ކެމާގައެވެ.

ހޮޓެލް ތާޖް ކެމާ ހުންނަނީ ތާޖު މަހަލްގެ ޔަމުނާ ކޯރާ ވީ ފަޅިން ގާތްގަޑަކަށް 1 ކިލޯމީޓަރު ދުރުގައެވެ. އަދި އެއީ 2 ތަރީގެ އާދައިގެ ހޮޓަލެއް, އަދި ރެޔަކަށް ކޮޓަރިއަކަށް އެ ހޮޓަލުން ނަގަނީ 600 ރުފިޔާއެވެ.

އެސަރަހައްދަކީ ގަސްގިނަ ސަރަހައްދަކަށްވިޔަސް ތާޖް މަހަލްގެ ބޮޑުބައެއް ވަރަށް ރީއްޗަށް ހޮޓަލަށް ފެނެއެވެ. ކައިޒީންގެ ކޭކު އެޅި މާންޔަ ޝަރުމާ ވަނީ ކޭކު ހޮޓަލަށް ގެންދިޔަ ގޮތް އިންސްޓެގްރާމްގައި ކިޔައިދީފައެވެ.

ނަމަވެސް ކައިޒީން ބުނެފައިވަނީ އޭނާ ކޭކު ފެޅީ ތާޖު މަހަލްގައި ކަމަށެވެ. ކައިޒީން ތާޖު މަހަލްގައި ކޭކު ފެޅިކަމަށް ބުނެ ހެދި ދޮގު ފަޅާއަރާ ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި