ރާއްޖެސަރުކާރު

ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ޓިކްޓޮކް އެކައުންޓް

03/04/2022

ޒައިން ރަޝީދު


ޝެއަރ

ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި މަޖިލީހުގެ ރައީސް, ރައީސް ނަޝީދު ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.

ދެ ބޭފުޅުންގެ އެކައުންޓުގައިވެސް އަދި އެއްވެސް ވީޑިއޯ ޕޯސްޓެއް ނެތެވެ. ވެރިފައި ކޮށްފައިވާ މި ދެ އެކައުންޓަކީ އެބޭފުޅުންގެ އެކައުންޓުކަން ވަނީ ކަށަވަރުވެފައެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވީ އެއީ މަޖިލީހުގެ ރައީސްގެ ރަސްމީ އެކައުންޓު ކަމަށެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ފުރަތަމަ ރަސްމީކޮށް ޓިކްޓޮކުގައި އެކައުންޓު ހެދީ ރައްޔިތުންގެ މަޖިލީހުންނެވެ. އޭގެ ފަހުން ސަރުކާރުގެ އިދާރާތަކާއި ސިޔާސީ ބައެއް ބޭފުޅުންވެސް ދަނީ ޓިކްޓޮކް ބޭނުން ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި